-Advertisement-

-Advertisement-

ޔާމީން ޕީޕީއެމުން ވަކިވުމަކީ ރައީސަށް މާ ބޮޑު ގޮންޖެހުމެއް ނޫން!

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ރަޢިސް އޮފީސް

ޕީޕީއެމްގެ ރައީސަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީއާ ދުރަށް ޖެހިވަޑައިގެން، ވަކިން ޕާޓީއެއް އުފައްދަވައި ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވުމަކީ އޭގެ ސަބަބުން ޕީޕީއެމް/ޕީއެންސީގެ އެތެރޭގައި މާ ބޮޑު ކަންތައްތަކެއް އުފެދި ބަދަލުވެގެން ދާނެ ކަމެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ތުރުކީ އަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ކޮންމެ ސިޔާސީ ވެރިއަކު ވެސް ބޭނުންވާނީ ގައުމަށް އެންމެ ރަނގަޅު ގޮތް ވާން ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ގައުމީ ވިސްނުމުގައި ކުރިއަށް ދާން ތިއްބެވި ބޭފުޅުންނާ އެކު އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-