-Advertisement-

-Advertisement-

ބޮލުގައި ރިއްސާނަމަ ދެފައި ލާންވީ ހޫނު ފެނަށް

މައިގްރެއިން ފަދަ ބޮލުގެ ރިހުންތަކަށް ބޭސް ކެޔަސް ހައްލެއް ނުލިބޭނަމަ މިއީ ގޭގައި ކޮށްލެވޭނެ ފަސޭހަ ފަރުވާއެކެވެ. ހޫނުފެނަށް ދެފައި ލުމަކީ ހަމައެކަނި، މީހާ ހަމަޖެހިލާ، ފައިގެ ވަރުބަލިކަން ރަނގަޅުކޮށްދޭ ކަމެއް ނޫނެވެ. ހެލްތު ޝޮޓްސް ނަމަކަށް ކިޔާ ވެލްނެސް މެގަޒިން އެއްގައި ޑޮކްޓަރ ސޫދް ވިދާޅުވެފައިވަނީ މިއީ ބޮލުގެ ރިހުން ފިލުވައިދޭ އަދި އޭގައި އެއްވެސް ސައިޑް އިފެކްޓެއް ނުހިމެނޭ ފަރުވާ އެކެވެ.

ދާދި ފަހުން މައިގްރެއިން ހުންނަނަމަ ހޫނު ފެނަށް ދެފައި ލައިގެން ބޮލުގެ ރިހުން ފިލާކަމަށް ބުނާ ވީޑިއޯތަށް ވަނީ ޓިކްޓޮކްގައި ވައިރަލް ވެފައެވެ. ޑޮކްޓަރ ޝިލްޕާ ޕީ. ސަކްސޭނާ ނިއުސްވީކް ނަމަކަށް ކިޔާ މަޖައްލާ އެއްގައި ވިދާޅުވެފައިވަނީ، ” ޓިކްޓޮކްގައި މި މައްޝޫރު ޓްރެންޑް ކަމަށްވާ ހައިޑްރޯ ތެރަޕީ ބޭނުން ކުރުމަށް،އަހަރުމެން ސިއްޙީ މާހިރުންވެސް ޕޭޝަންޓުންނަށް ލަފާދެން” ކަމުގައެވެ.

ހޫނު ފެނަށް ދެފައި ލުމަށްޓަކައި، ފެން ބަހައްޓަންވާނީ ވީހާވެސް ބޮޑަކަށް ދެފައި ލެވޭވަރަށް ހޫނުކޮށެވެ. އަދި ފެންގަނޑު ހިހޫ ވަންދެން ދެފައި ލައިގެން ބެހެއްޓުމުން ބޮލުގެ ރިހުން ދަށްވެގެން ދާނެއެވެ.

ސިއްޙީ ނަޒަރިއްޔާ އަކުން މައިގްރެއިން ނުވަތަ ބޮލުގައި ރިއްސާނަމަ ހޫނު ފެނަށް ދެފައި ލުން

ފޯރަމް ހެލްތުގެ މެޑިކަލް އޮފިސާ ކަމަށްވާ ސަކްސޭނާ ވިދާޅުވި ގޮތުގައި، “ހައިޑްރޯ ތެރަޕީއާއި ގުޅޭ ޓެސްޓަކުން ދެއްކި ނަތީޖާއެއްގައި މައިގްރެއިން ހުރި ޕޭޝަންޓުންގެ ބޮލުގައި ރިހުން 6 ހަފްތާތެރޭ ދަށްވެގެން ދިޔަ” ކަމަށް ނަތީޖާ ތަކުން ފެންނަކަމެވެ. ޖާނަލް އޮފް ނިއުރޯ ސައިންސަސް  ގައި ޝާއިއު ކުރެވުނު ސްޓަޑީ އެއްގައި އެނގިފައިވަނީ، “ހައިޑްރޯ ތެރަޕީގެ ސަބަބުން، ވެގަލް ޓޯން ރަނގަޅުވެ، މައިގްރެއިން އައުން މަދު ކޮށްދޭ، އަދި މައިގްރެއިންގައި ވާ ތަދުގެ މިންވަރު ދަށްކޮށްދޭ ފަރުވާއެއް” ކަމުގައެވެ. ވެގަލް ޓޯން އަކީ ސިކުނޑިއާއި މައިބަދައާއި ގުޅިފައިވާ ވެގަސް ނާރުތަކެވެ. މި ނާރުތައް ކަރާއި އެހެނިހެން މުހިއްމު ބައިތަކާއި ގުޅިފައިވެއެވެ. ޑޮކްޓާ ސަކްސޭނާ ވިދާޅުވީ “މި ކަމާއި ގުޅޭ ގިނަ ދިރާސާ ތަކެއް އަދި ބޭނުންވޭ އެހެން ނަމަވެސް މިއީ މައިގްރެއިން ހުންނަ ޕޭޝަންޓުންނަށް ފަރުވާ ހޯދިދާނެ ރައްކާތެރި ގޮތެއް.. ސަބަބަކީ ހޫނު ފެނަށް ފައި ލުމުން ލޭނާރުތަށް ޑައިލޭޓްކޮށްދީ މައިގްރެއިން ގެނުވައިދޭ ނާރުތަކުގެ ޕްރެޝާރ ދައްކޮށްދީ ބޮލުގެ ތަދު ދަށްކޮށްދެއެވެ.

އެހެންކަމުން، ބޮލުގައި ރިއްސާ ނުވަތަ މައިގްރެއިން ތަޙައްމަލް ކުރަމުން ދާނަމަ، މިއީ ގޭގައި ކޮށްލެވޭނެ ފަސޭހަ އަވަސް ފަރުވާއެކެވެ.

 

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-