-Advertisement-

-Advertisement-

ތައިރޮއިޑް ރަނގަޅު ކުރުމަށް ތައްޔާރު ކޮށްލެވޭ ސުޕަރހެލްތީ ޑްރިންކެއް

ތައިރޮއިޑް އަކީ ކަރާއި ލަގޮނޑިއާއި ދޭތެރޭ ހުންނަ އެންޑޯކްރައިން ގްލޭންޑްއެކެވެ. މި ގްލޭންޑް ހަށިގަނޑުގެ ގިނަ ބައިތަކަށް ބޭނުންވާ ތައިރޮއިޑް ހޯމޯންސް އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރެއެވެ. އެހެން ނަމަވެސް ބައެއް މީހުންގެ ހަށިގަނޑުގައި މި ހޯމޯންސް ބޭނުން ވާ ވަރަށް ނުއުފައްދައެވެ. އެއީ ހައިޕޯތައިރޮއިޑިޒަމް އެވެ. އަދި އަނެއް ބައި މީހުންގެ ހަށިގަނޑުގައި މާގިނައިން ތައިރޮއިޑް ހޯމޯން އުފައްދައެވެ. އެއީ ހައިޕާ ތައިރޮއިޑިޒަމްއެވެ. މި ދެކަމަކީވެސް ފަރުވާ ކުރަން ޖެހޭ ދެ ބައްޔެވެ.
ކޮންމެ ބަލިމަޑުކަމަކީވެސް ބޭހާއި އެކު، އެއަށް ޤުދުރަތީ ފަރުވާއެއްވެސް ވާ ބަލިތަކެވެ. އެގޮތުން ތައިރޮއިޑްގެ ގެ ހޯމޯނަލް އިމްބެލެންސް ކޮންޓްރޯލް ކުރުމަށް މި ބުއިން ތައްޔާރު ކޮށްލާށެވެ.

ބޭނުންވާ ތަކެތި
1 ތަށި ފެން
1 ސައިސަމްސާ ރޯ ދިރި
1 ސައިސަމްސާ ރޯ ދަވިއްގަނދު
1 ސައިސަމްސާ ރޯ ކޮތަބިރި

ތައްޔާރު ކުރާނެ ގޮތް:
ފެނަށް ހުރިހާ ތަކެއްތެއް އަޅާ އެއްކޮށްލުމަށްފަހު މަތިޖަހައި ރޭގަނޑު ބަހައްޓާށެވެ. އެއަށްފަހު ހެނދުނު ފެންފޮދު އުނދުންމަތީ ކައްކާލުމަށްފަހު ފުރާނާލައިށެވެ. މިފެންތަށި ހެނދުނު ހައިބަނޑާ ބޯލައިށެވެ. މި ބުއިން ރަހަ ރަނގަޅު ކޮށްލުމަށް، ބޭނުމިއްޔާ ކުޑަ ލުނބޯ ކޮޅެއްވެސް ޖެހިދާނެއެވެ. 1 މަސްވަންދެން މެދު ނުކެނޑި މި ބުއިން ބޭނުން ކުރުމުން އިރާދަ ކުރެއްވިއްޔާ ތަފާތު ފެންނާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-