ރާމެން އަކީ މިހާރު ރާއްޖޭގެ އެންމެންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެއީ ގިނަ ބައެއްގެ ކޮމްފޯރޓް ފުޑްއެވެ. މިއަދު މިކިޔައި ދެނީ ރާމެން ކައްކާނެ ގޮތެކެވެ.
ބޭނުންވާ ތަކެތި
1 ޕެކެޓް ސަމްޔަންގް ބުލްދަކް ( ރާމެން ނޫޑްލްސް )
1 ފިޔާ
ލޮނުމެދު ޕޭސްޓު
4 ސޮސެޖް
3 ފޮތި ޗީޒް
1/2 މަސްދަޅު
ތެޔޮ ފޮދެއް
އެންމެ ފުރަތަމަ ފެން ކައްކަން އުދުމަށް ފަހު ފެން ގަނޑު ކެކެން ފެށުމުން ރާމެން ފެނު ތެރެއަށް މަޑުކުރުމަށް ޓަކައި އަޅާނީއެވެ. ހަމަ އެވަގުތު އެހެން ތެއްޔެއްގައިތެޔޮ ފޮދެއް އަޅާލުމަށް ފަހު ސޮސެޖް ކުދިކޮށް ކޮށާލުމަށް ފަހު ތެލުލާނީއެވެ. ސޮސެޖް ތެލު ލެވުމުން ނެގުމަށްފަހު އެތެލީގައި ފިޔާ އަދި ލޮނުމެދު މީރުކުރާނީއެވެ. މީރުވުމުން އޭގެ ތެރެއަށް މަސްދަޅު އަދި ސޮސެޖް ކޮޅު އަޅާލުމަށް ފަހު އެއްކޮށްލާށެވެ.
ރާމެން ނޫޑްލްސް ގަނޑު މަޑު ވުމުން މަސްގަނޑުގެ ތެރެއަށް ނޫޑްލްސްގައި ވަކިން ނަގައި އަޅާލުމަށްފަހު ހާކާލާށެވެ.
އެއަށްފަހު ރާމެން ޕެކެޓުގައި އޮންނަ ސޯސް ޕެކެޓް އަޅާލާށެވެ އަދި ހާކާލުމަށް ފަހު ޗީސް އަޅާށެވެ.
ކެެއްކި ބިސް ނުވަތަ ބިސް ގަނޑާކާއި އެކު ވެސް ކާލަން މީރުވާނެއެވެ.