-Advertisement-

-Advertisement-

ޝަރީފު އެމްޑީޕީން ވަކިވެއްޖެ

ފޮޓޯ: ރަސް އޮންލައިން

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) އެމްޑީޕީން ވަކިވެ، ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ޝަރީފު އެ ގޮތަށް ނިންމެވި ކަމަށް އިއްޔެ ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގަ އެވެ. ޝަރީފަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ އަދި ރައްޔިތުންގެ މަޖިލިހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވިބޭފުޅެކެވެ.

ނަމަވެސް ޕާޓީން ވަކިވާން ނިންމެވި ސަބަބު ހާމައެއް ނުކުރައްވަ އެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން ވެސް މި ހިސާބުން ދެން ނުފެންނާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-