ދެކުނު ކޮރެއާގެ އިދިކޮޅު ލީޑަރަކަށް ބުސާންގައި ވަޅިން ހަމަލާދީފިއެވެ.
2022 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ބަލިވި ލީ ޖޭ މިޔުންގްގެ ކަރުގެ ކަނާތްފަރާތަށް ވަޅިން ހަމަލާދީފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު އެވެ.
ހަމަލާދިން ފިރިހެން މީހާ އެތަނުން ހައްޔަރުކޮށްފައިވާއިރު މިސްޓަރ ލީ ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ ހަމަލާ ދިންތާ ގާތްގަނޑަކަށް 20 މިނެޓް ފަހުންނެވެ. އެވަގުތު އޭނާ އޮތީ ހޭނެތިފައި ކަމަށް ޔޮންހަޕްބުންޏެވެ.
ހަމަލާ ދިން މީހާގެ އުމުރުން 50 ނުވަތަ 60 އަހަރުގައި ހުރި ކަމަށް ފެނުނު ކަމަށް ޚަބަރުތައް ބުނެއެވެ.
އަދި ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ އޮޓޯގްރާފް ހޯދުމަށް އެދި މިސްޓަރ ލީއާ ކައިރިވެވަޑައިގަތުމުގެ ކުރިން ކުއްލިއަކަށް ކުރިއަށް ޖެހިވަޑައިގެން ވަޅިންހަމަލާދިނެވެ.
އުމުރުން 59 އަހަރުގެ މިސްޓަރ ލީ އަކީ ކޮރެއާގެ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރެވެ. މިހާރު އޭނާ އަކީ ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ނޫންނަމަވެސް 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ އާންމު އިންތިޚާބުގައި ގޮނޑިއަކަށް ވާދަކުރައްވާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެ އެވެ.
2022 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ބަލިވެވަޑައިގަތީ – އެންމެ %0.73 ގެ ވޯޓުގެ ތަފާތަކުން – މިހާރުގެ ރައީސް ޔޫން ސުކް–ޔެއޯލް އަތުންހަނިކޮށް، ދެކުނު ކޮރެއާގެ ތާރީހުގައި ވެސް އެންމެ ގާތް ރިޔާސީ ރޭހެވެ. 2027 ވަނަ އަހަރު އަންނަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެ ކަމަށްގިނަ ބަޔަކު ލަފާކުރެ އެވެ.