-Advertisement-

-Advertisement-

ފައްޔާޒް ވިދާޅުވީ އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ‎ ތަސްދީގުކުރަންޖެހޭ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރުމަށް އާއްމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރެއްވުމަށް އެންމެ އިދިކޮޅު އެމްޑީޕީ އިންގޮވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން އިން  މާޗް 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މަޖިލިސް އިންތިހާބު ރޯދަ ފަހުން ބޭއްވުމަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަމަޖިލީހުން ފާސްކުރީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މާޗް 17 ވަނީ ރޯދަ މަހަށެވެ.

އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އާންމު އިންތިހާބުތަކާ ބެހޭ ގާނޫނުގައި ނުވަތަ އެހެންގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ.

އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސްއިސްލާހުގައިވެ އެވެ.

އިސްލާހުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެންމެފަހުގެ މައުލޫމާތުފުރިހަމަކުރުމަށްފަހު އާންމުކުރަންޖެހޭނެ އެވެ.

މިއިސްލާހު ފާސްވިތާ ހަފްތާއެއްވީ އިރުވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއިސްލާހު ތަސްދީގު ކުރައްވާފައި ނުވާއިރު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންތިހާބުތައް ބާއްވަން ވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތްބަލައިގެން ކަމަށާއި، ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިހާބު ރަމަޟާން މަހު ބޭއްވުމުން ދަތިކުރެވެމުން އެދަނީ ވޯޓު ދިނުމުގެ އަސާސީ ހައްގުގެބޭނުންކުރުމަށް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-