-Advertisement-

-Advertisement-

ރައީސް ހުންނެވި ޖަލްސާއަކަށް ބިސް ޖަހައިފި

ރޭ ބިސ ޖެހި ހިސާބު.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކެމްޕޭން ޖަލްސާއަކަށް ބަޔަކު ބިސް ޖަހައިފި އެވެ.

ރައީސް ބައިވެރިވެވަޑައިގަންނަވަމުން ދިޔައީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވަމުން ގެންދަވާ މުހައްމަދު ޝާހިދުގެ ކެމްޕޭން ޖަލްސާ ގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓެލްކޯ ހެޑް އޮފީސް ކުރިމައްޗަށް އޮންނަ ކަށިމާ ހިންގުމުގައި ކެމްޕޭން ޖަލްސާ ހިނގަމުން ދަނިކޮށް ބިސް ޖެހީ އެ ޖަލްސާ ހިނގަމުން ދިޔަ ސަރަހައްދުގައި ހުރި ގެއަކުންނެވެ.

މިމައްސަލައިގެ ތުހުމަތުގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި ކަމުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އެނގިފައެއް ނުވެ އެވެ.

ޖަލްސާ ހިނގަމުން ދިޔަ ސަރަހައްދަށް ބިސް ޖެހުމާ ގުޅިގެން އެ ސަރަހައްދަށް އިތުރު ފުލުހުން ގޮސް ސަލާމަތީ ކަންކަން ބަލަހައްޓާފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-