މިގައުމުގެ ކަންކަން މިހާރު ދަނީ ރަނގަޅު މިސްރާބުން ކަމަށާއި އިދިކޮޅުން އުޅެނީ ގައުމު މިސްރާބުން ކައްސާލައި އެހެން ދިމާލަކަށް ގެންދެވޭތޯ ކަމަށްރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އެލްރީލް 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ދާންދޫ ދާއިރާއަށް ވާދަކުރައްވާއަހުމަދު ފަޒީލް ގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
. އެގޮތުން ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން މި ސަރުކާރު ހޮވީ, ރާއްޖޭގެ މިސްރާބު ގޯސްކޮށް ދާތީ ހަމަމަގުން ގެއްލިފައި އޮވެ,
މިނިނިވަންކަން ގެއްލި އަދި އިގްތިސޯދު އަނދަވަޅަކަށް ދާތީ އެކަން ރަނގަޅުކުރުމަށް ކަމަށެވެ.
އަދި މިހާރު ގައުމުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި އެކަމުގެ ހެއްކަކީ ރައްޔިތުން ބާރުވެރިވެ, ފުދުންތެރިވެ ، ދިވެހި ގައުމަށް އާރޯކަން އައިސް، ރާއްޖެއަށްއިންވެސްޓްކުރާނެ އިންވެސްޓަރުންނަށް ފުރުސަތު ލިބިގެން މިހާރު ދިޔުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަބަބުތަކާއި ހެދި އިދިކޮޅަށް ހަޖަމު ނުވާ ކަމަށާއި އިދިކޮޅުން މަސައްކަތްކުރަނީ ގައުމުގެ އަނެއްކާވެސް މިސްރާބުން ކައްސުވާލެވޭތޯކަމަށެވެ.
ރައީސް ވިދާޅުވީ، ގައުމުގެ ކަންކަން ނިންމާނީ ދިވެހީން ކަމަށާއި، ބޭރުގެ ގައުމުތަކުގެ ސަފީރުން ބުނާހާ ގޮތަކަށް ނޫން ކަމަށެވެ.