-Advertisement-

-Advertisement-

މާލޭގެ ރައްޔިތުންނަށް ކުރީ ސަރުކާރުން އިސްކަން ނުދިން – ރައީސް

ރައީސް މުއިއްޒުގެ ޑޯޓުޑޯ އިވެންޓްގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް އިސްކަން ނުދެއްވާ ކަމަށް ވިދާޅުވެ އެސަރުކާރުން ރައީސް ޑރ މުހައްމަދުމުއިއްޒު ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މައްޗަންގޯޅި އުތުރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދުގެ ކެމްޕޭން ހަރަކާތް ރަސްމީކޮށް ފައްޓަވާ، ޖަގަހަ ހުޅުވުމަށްބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރު މާލޭގެ ރައްޔިތުން އެމްޑީޕީގެ ވެރިކަމެއް ހިޔާރުކޮށްފައިވަނީ ބޯހިޔާވަހިކަމަށް ގޯތި ދިނުމުގެ ވައުދުފުއްދަވައިދެއްވާނެ ކަމުގައި އުންމީދުގައި ކަމަށާއި،

އަދި މަޖިލިސް މެޖޯރިޓީވެސް އެމްޑީޕިއަށް ދިނީ އެކަމަށްޓަކައި ކަމަށާއި ހުރިހާ ބާރެއް އޮވެވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްއިސްކަން ނުދީ ދޫކޮށްލީ ކަމަށެވެ.

ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު އެމަނިކުފާނަށް މާލޭގެ ރައްޔިތުން ކާމިޔާބުކޮށްދިނީ އެމްޑީޕީއިން ވައުދުވި ކަންކަން ފުެއްދައިނުދިނުމުން ކަންފާހަގަކުރައްވައި އޭރުގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން ސަރުކާރުގެ އެއްބާރުލުންކައުންސިލަށް ދިނުމަށް އެދިވަޑައިގަތުމުން ވެސް ސަރުކާރުން އެ ކަން ކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން މާލޭގެ ތަރައްޤީއަށް ޓަކައި ކައުންސިލުން ކުރުމަށް ރޭވި ގިނަ މަސައްކަތްތަކަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިންކަންވެސް ރައީސްފާހަގަކުރެއްވި އެވެ. .

ރައީސް ވިދާޅުވީ އެމްޑީޕީއަށް މެޖޯރިޓީ ލިބިގެން މާލެ ތަރައްގީ ކުރެވޭނެ ކަމަށް ދައްކާ ވާހަކަ ގަބޫލު ކުރަން ނުޖެހޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-