އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މި ސަރުކާރަށް ޖެއްސުންކުރުން ފިޔަވާ އިތުރު ކަމެއް ނުކުރާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު، އިބްރާހީމްފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިހެން ވިދާޅުވީ، މި ހނގާ އެޕްރިލް 21 ވަނަ ދހުވަހު ބޭއްވުމަށް ހއމަ ޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ސަރުކާރުކެންޑިޑޭޓް، އަބްދުއްރަހީމުގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ 129،000 ވޯޓުގެ ފުރިހަމަ ތާއީދާ އެކީގައި ކަމަށެވެ
މިކަމުންވެސް އެނގިގެންދިޔައީ ދިވެހިން ބޭނުންވީ ނިމިދިޔަ އަނިޔާވެރި ސަރުކާރު ބަދަލުކޮށް އޯގާތެރި، ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ ވެރިއަކުއިންތިޚާބުކުރުން ކަމުގައި ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ މި ސަރުކާރަށް ޖެއްސުންކުރުން ފިޔަވާ އިތުރު ކަމެއް ނުކުރާނެ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަޑައިގަނެފައި އެހުންނެވީ ތަރައްޤީގެ ވަރަށް ބޮޑެތި މަޝްރޫޢުތަކާއެކު ދިވެހީންގެ ހާލަތު ބަދަލުކޮށްލެއްވުމަށްކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
އެހެންކަމުން، މިކަން މިގޮތަށް ކުރިއަށް ގެންދެވުމަށްޓަކައި ރައީސް މުޢިއްޒުގެ ސަރުކާރުގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބުކޮށް ސުޕާމެޖޯރިޓީނަނަްގަވައިދެއްވުމަށް ފައިސަލް ވަނީ ދިވެހީންގެ ކިބައިން އެދިވަޑައިގެންފައެވެ.