އެ މަނިކުފާނު ޖަލުގައި އޮންނެވި މުއްދަތުގައި ޕީއެންސީ/ޕީޕީއެމްގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވީ ހަމައެކަނިމިހާރުގެ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފާއި ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފާއި މަހިމަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކަމަށްކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ޖަލުގައި އޮންނެވި މުއްދަތުގައި އެ މަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ހަބަރުތައް ވަރަށް ރަނގަޅަށް ލިބިލައްވަމުންދިޔަކަމަށާއި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިހުލާސްތެރި ހިތަކާއެކު ހަމައެކަނި މަސައްކަތް ކުރެއްވީ ތިން ބޭފުޅުން ކަމަށެވެ.
އެ ތިން ބޭފުޅުންނަށް ޔާމީނު ތައުރީފު ކުރެއްވިއިރު، ވެރިކަމުގެ އާރާއި ބާރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަތުމުގެ ކުރީން އެ ތިން ބޭފުޅުންފާހަގަވެގެން ދިޔައީ ޔާމީންއާ އެންމެ އަރިސް ބޭފުޅުންގެ ގޮތުގަ އެވެ.
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް އެމަނިކުފާނާ ވަރަށް އަރިސް ބޭފުޅެކެވެ.
އާދަމް ޝަރީފަކީ ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕީއެންސީ ސެނެޓުޕްރައިމަރީގައި ޔާމީނުގެ ތާއީދާއެކު ރައީސް މުއިއްޒުއާ ވާދަކުރެއްވި ބޭފުޅާ އެވެ.
ޕީޕީއެމް/ޕީއެންސީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތޯރިގު ފާހަގަ ކުރެވުނީ ރައީސް ޔާމީންގެ ބޭފުޅެއް ގޮތުގަ އެވެ.