-Advertisement-

-Advertisement-

އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ގައުމަށް އޮތީ ބަނަ ދުވަސްތަކެއް: ހީނާ ވަލީދު

ހީނާ ވަލީދު – ފޮޓޯ: އެންސްޕާ / އެކްސް

އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ކުރިއަށް އޮތީ ބަނަދުވަސް ތަކެއް ކަމަށް ޕީއެންސީ މަޖިލިސް ކެމްޕެއިންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ މި އިންތިހާބުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ, މާޒީގައި އެމްޑީޕީ ވެރިކަމުގައި އެޕާޓީއަށް މެޖޯރިޓީ އޮވެ ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށެވެ. ކުރެވުނުވެސް ކަމަކީ ފައިސާ ޗާޕްކުރުމަށް ފާސްކުރުން އެކަނި ކަމަށެވެ.

ހީނާ ވިދާޅުވީ މިހާރުގެ އެމްޑީޕީ މެޖޯރިޓީއޮށް މަޖިލީހުން ކުރަމުންދަނީ ރައީސް މުއިއްޒުއަށް ދަތިކުރުން ކަމުގައި އެވެ. އަދި މާދަމާގެ އިންތިހާބުން އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ އިސްކުރާނީ ބަދަލު ހިފުމުގެ ރޫހާއި ރައީސް އަޒުލު ކުރުމުގެ މަސައްކަތް ކަމަށެވެ.

ރައީސް މުއިއްޒުވެސް ވަނީ އެމްޑީޕީއަށް މަޖިލީސް މެޖޯރިޓީ ލިބިއްޖެނަމަ ގައުމުގެ ހަމަޖެހުން ނަގާލާނެ ކަމަށް ރޭގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި ވިދާޅުވެފައިއެވެ.

އިދިކޮޅު އެމްޑީޕީއިން ބުނަމުންދަނީ ރައީސް މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުމަށާއި, ދައަލަތުގެ މާލިއްޔާއިން ކުރަމުންދާ ހަރަދުތައް ރައްޔިތުންނަށް ހާމަކޮށް މިސްރާބު ހަމަމަގަށް އެޅުމަށް މަޖިލީސް މެޖޯރިޓީ އެމްޑީޕީއަށް މުހިންމު ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-