-Advertisement-

-Advertisement-

ރާއީސުން ވޯޓްލައްވައިފި, އިލްތިމާސްއަކީ ވޯޓްލުން އަވަސްކުރުމަށް

މިއަދު ކުރިޔައްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުން ވޯޓްލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ވަރަށް ހެންދުނާ ވޯޓްލައްވާފައިއެވެ. ރައީސް ވޯޓްލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ މާފަންނު ދެކުނު ދާއިރާގެ ވޯޓް ފޮއްޓަށެވެ. ރައީސް ވޯޓްލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހުރިހާ ބޭފުޅުންވެސް ލަސްނުކުރައްވާ ވޯޓްލުމަށެވެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މިއަދު ކުރިޔަށްދާ އިންތިހާބުގައި ވޯޓްލައްވާފައެވެ. އެމަނިކުފާނު ވޯޓްލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވެފައިވަނީ ވޯޓުލުމަކީ ގާނޫނީ ގޮތުން ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި, އެ ހައްގުގެ ބޭނުން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ރައީސް ނަޝީދުވެސް ވަނީ ވޯޓުލައްވާފައެވެ. އެފްރިކާގައި ހުންނެވުމަށްފަހު އިންތިހާބާއި ދިމާކޮށް ރާއްޖެ ވަޑައިގެން ރައީސް ވަނީ އެމަނިކުފާނުގެ ދާއިރާ ކަމަށްވާ ގަލޮޅު އުތުރު ވޯޓްފޮއްޓަށް ވޯޓްލައްވާފައެވެ. ރައީސް ނަޝީދުވެސް އެދިލެއްވީ އެންމެން ނުކުމެ ވޯޓްލައްވަންށެވެ.

ރައީސް މައުމޫން ވަނީ އަމީނިއްޔާ ސްލޫކުގައި ބެހެއްޓިފައިވާ އެމަނިކުފާނުގެ ދާއިރާގެ ވޯޓްލައްވާފައެވެ. ރައީސް މައުމޫން ވޯޓްލުމަށްފަހު އެކްސްގައި ޕޯސްޓު ކުރަމުން ވިދާޅުވެފައިވަނީ އެމަނިކުފާނު ވޯޓްލުމުގެ ހައްގުގެ ބޭނުންކޮއްފިކަމަށެވެ. އަދި ގިނަ ޕާޓީތަކެއް އެކުލެވޭ ޑިމޮކްރަސީ ރާއްޖޭގައި ކުރިއަރާދާތަންދާން ބޭނުންކަމުގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން އަދި ވޯޓްލައްވާފައި ނުވެއެވެ. ވޯޓްލުން ހަވީރު 5:30 އާއި ހަމައަށް ކުރިޔަށްދާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-