ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހަންމަދަށް މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ގައްދޫ ދާއިރާގެ ގޮނޑި ނާކާމިޔާބު ވެއްޖެއެވެ.
ސައީދު އިންތިހާބުގައި ވާދަ ކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައިއެވެ.
މިދާއިރާގެ ގޮނޑި992 ވޯޓުން ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަ ކުރެއްވި މުހައްމަދު އަލީއެވެ.
ސައީދަށް ލިވިފައިވަނީ 861 ވޯޓެވެ.
މިދާއިރާއަށް ދެން ވާދަ ކުރައްވާފައިވަނީ ޑެމްސްގެ ފަރާތުން ވާދަ ކުރެއްވި ކެންޑިޑޭޓް އަހުމަދު ޒާހިރު އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވި އަހުމަދު ޝަހްބަދެވެ.