މިއަދު ބޭއްވުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވި ޕީއެންސީ ގެ ކެންޑިޑޭޓް ސައުދުﷲ ހިލްމީ ބޮޑު ތަނުން ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.
ސައުދުﷲ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ޖޭޕީގެ ކެންޑިޑޭޓް އަބްދުﷲ އަހުމަދާއި އެމްޑީޕީގެ ކެންޑެޑޭޓް އަހުމަދު ގައިސް އާއި ވާދަކޮށެވެ.
މިހާތަނަށް ގުނާނިމިފައިވާ ވޯޓް ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ސައުދުﷲ އަށް 1079 ވޯޓް ލިބިފައިވާއިރު އަބްދުﷲ އަހުމަދަށް ލިބިފައިވަނީ 597 ވޯޓެވެ. އަދި އެމްޑީޕީގެ އަހުމަދު ގައިސް އަށް ލިބިފައިވަނީ 545 ވޯޓެވެ.
މިހާރު ތިނަދޫ އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވީ، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މުގްނީއެވެ.