-Advertisement-

-Advertisement-

ގދ ތިނަދޫ 5 ނަންބަރު ވޯޓް ފޮށި އަލުން ގުނަން ހުށަހަޅައިފި

މި މަހު 21 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ގދ ތިނަދޫ ނެޝަނަލް ޔުނިވާރސިޓީ ހޯލް ގައި ބެހެއްޓުނު 05 ނަންބަރު ވޯޓް ފޮށި އަލުން ގުނަން ޕީއެންސީ ކެންޑިޑޭޓުގެ ފަރާތުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މައުމާތު ލިބިފައިވާ ވާގޮތުގައި ޕީއެންސީ ކެންޑިޑޭޓް ކެންޑިޑޭޓް ނަންބަރު 02 އަބްދުالله ޝަރީފް މައްސަލަ ހުށަހެޅީ އެ ކެންޑިޑޭޓުގެ މަންދޫބެއް ނެތީސް ވޯޓް ގުނުން ކުރިއަށް ގެންދިޔަ މައްސަލައެއްގައެވެ.

ވޯޓް ކަރުދާސް ތަރުތީބުކުރި އިރު ފެންނަން ހުރި ވޯޓް ކަރުދާސްތަކާއި ގުނި އިރު އަދަދު ބޮޑުތަނުން ތަފާތު ކަމަށް ވެސް އޭނާގެ މައްސަލައިގައިވެއެވެ.

މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ  ދައްކާގޮތުން ޕީއެންސީއަށް ވަނީ އިންތިހާބުގެ ސުޕަރ މެޖޯރިޓީ ލިބިފައިއެވެ.

އެޕާޓީ އިން ވަނީ ލިބިފައިވާ ކާމިޔާބީ ފާހަގަކޮށް ރޭ ހަވާވެސް އަރުވާފައިއެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-