-Advertisement-

-Advertisement-

ހަތަރު ވޯޓުގެ ތަފާތެއް އައި ދުވާފަރު ދާއިރާގެ ވޯޓު ފޮށި އަލުން ގުނައިދިނުމަށް އެދެފި

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ، ރ. ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދިނުމަށް އެދިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނައިދޭން އެދުނީ މި އިންތިހާބުގައި އެންމެ 4 ވޯޓުގެ ތަފާތަކުން ބަލިވި އިބްރާހިމް އަބްދުއްރަހްމާން ކަމަށެވެ.

އެހެންކަމުން މިއަދު، މި މައްސަލަ ބެލުމަށްފަހު ވޯޓު ފޮށިތައް އަލުން ގުނުމާމެދު އެ ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ.

އާދީއްތަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދުވާފަރު ދާއިރާއަށް 4 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އެ ދާއިރާ އަށް 3479 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ނަމަވެސް އިންތިހާބުގައި ވޯޓު ލާފައިވަނީ 2841 މީހުންނެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ދުވާފަރު ދާއިރާގެ ގޮނޑި 1074 ވޯޓާއެކު ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު އަލީ ކާމިޔާބު ކޮށްފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް އިބްރާހީމް އަބްދުއް ރަހްމާންއަށް ލިބުނީ 1070 ވޯޓެވެ.

އަދި އެމްޑީޕީ އިން ވާދަކުރި އިސްމާއީލް އަހްމަދު އަށް 579 ވޯޓު ލިބިފައިވާއިރު، ޖޭޕީގެ ކެންޑިޑޭޓް އަޒްލީން އަހްމަދު އަށް ލިބުނީ 77 ވޯޓެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-