-Advertisement-

-Advertisement-

‏އެމްޑީޕީން ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް!!

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.
‏ގައުމީ މަޖިލީހުގެ ގިނަ ބޭފުޅުން ބަރުލަމާނީއާ ދެކޮޅު ހެއްދެވީ ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ބޮޑު ގެއްލުމެއް ދެއްވި ކަމަށް ބުނެ އެވެ.
‏ރައީސް ސޯލިހު ވެސް ވަނީ ވޯޓަކަށް ދާނަމަ، ރިޔާސީ ނިޒާމެއްގެ ކެމްޕެއިނަށް ނިކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
‏ބަރުލަމާނީ އާ ދެކޮޅަށް ތެދުވުމަށް ފާސްކޮށްފައިވަނީ ގައުމީ މަޖިލީހުގެ 90 ޕަސެންޓު އިއްތިފާގުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-