-Advertisement-

-Advertisement-

ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު އާދިއްތަ ދުވަހަށް ތާވަލްކޮށްފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކުރަން ހުށަހަޅާފައި ގަރާރުގެ މައްސަލަ ތާވަލްކޮށް، އަންނަ އާދީއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރުމަށް ފަހު ޖަލްސާ ކުރިއަށް ނުގެންދެވި ކެންސަލް ކުރުމުގެ ސަބަބުން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން މަޖިލީހާއި ފެކޮޅަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް އެމްޑީޕީއާ އެއްކޮޅަށް ކުރުމާއި އެކު މަޖިލިސް އިދާރާއިން ވަނީ އަންނަ އާދީއްތަ ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށް ބުނެފައެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ އެޖެންޑާ ކުރި ދުވަހުން ފެށިގެން މިދިޔަ މަހުގެ 31 ފިޔަވާ ކޮންމެ ދުވަހަކުވެސް ނަޝީދުގެ މައްސަލަ ކުރިއަށް ގެންދަން އެޖެންޑާ ކުރެ އެވެ. މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ. ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ސަލާމް ވިދާޅުވާތީ އެއްވެސް ޖަލްސާއެއް ކުރިއަކަށް ނުގެންދެވެއެވެ.
މިމައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސުގައި ހިމެނޭ މައްސަލައެއްކަމަށާއި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު، ނައިބު ރައީސް ނެތަސް ގެންދެވޭނެކަމާއި، ރިޔާސަތު ބެލެހެއްޓޭ މެންބަރުންގެ މާއްދާއަކީ ކޮންމެ ހާލަތަކު ވެސް ހިނގާނެ މާއްދާއެއްކަމަށް މައްސަލަ ބެލި ފަންޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ މިިކަންތައް ނިންމާފައެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު އޮތުމުން ނުގެންދެވޭނީ އެމަޖިލީހުގައި އެހެން މައްސަލައަކަށް ބަހުސްކުރުމާއި ވޯޓަށް އެހުން ކަމަށްވެސް ފަޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ. އަދި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ގެންދަން ޖެހޭނެކަމަށް ވަނީ ނިންމާފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.
މި މައްސަލައަށް ޑިމޮކްރެޓްސްއާއި ޕީޕީއެމް/ޕީއެންސީން ވަނީ ތަދައްހުލުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-