ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުން ވަކިކުރި ބައެއް ބޭފުޅުން އަލުން ބޯޑު މެންބަރު ކަމަށް ސަރުކާރުން އައްޔަން ކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަރުކާރުން ބޯޑު މެންބަރުކަމުން ވަކިކުރި ފަސް ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު އަލުން ބީއެމްއެލްގެ ބޯޑަށް އައްޔަންކުރިކަން ލިޔުމުން ވަނީ އަންގައިފަ އެވެ.
ނަމަވެސް މިއީ ކޮން ދެ ބޭފުޅުންނެއް ކަމެއް އަދި ހާމަކޮށްފައިއެއްނުވެއެވެ.
ބީއެމްއެލްގެ ބޯޑުން ވަކިކުރި ފަސް ބޭފުޅުންނަކީ ޔޫޝައު ސައީދު (ޗެއާމަން) ، ޖުވޭރިޔާ ސައީދު ، އަބްދުﷲ ހުޝާމް ޝަރީފް ، އަބްދުﷲ ހަސަން އަދި އައިޝަތު ސަޖުނީއެވެ.
ސަރުކާރު ތަމްސީލްކުރަން ބީއެމްއެލްގެ ބޯޑަށް އައްޔަންކޮށްފައިވާ ފަސް ޑިރެކްޓަރަކު އެއްފަހަރާ ވަކިކުރުމުން ބީއެމްއެލްގެ ބޯޑުގެ ގާނޫނީ އަދަދު ގެއްލި ބޯޑުމެންބަރުންގެ އަދަދު ފަހަކަށް ވެއްޓިފައިވެއެވެ.