ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި 3 ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 5 މީހުންނަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހަލިމަގުގައި ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭ ތިން ސަައިކަލު ޖެހިގެން އެކްސިޑެންޓެއް ހިނގިކަމުގެ ރިޕޯޓް ރޭ 12:11 ގައި ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވެ، ފަހަތުން އައި އެހެން ސައިކަލެއް ޖެހިގެން ކަމަށެވެ.
އެގޮތުން މި އެކްސިޑެންޓްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދިނުމަށް ފަހު ރޭ ދޫކޮށްލައިފައިވާކަމަށާއި އަދި ހަތަރު ވަނަ މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި ޤަވާއިދާ ހިލާފަށް ދުއްވި ސައިކަލު ޓޯވކޮށް، މައްސަލަ ތަޙުޤީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.