ރީޖަނަލް އެއަރޕޯޓްސް (އާރްއޭސީއެލް) ޗެއާޕާސަނަކަށް އަހްމަދު ނާސިފް އައްޔަންކޮށްފިއެވެ.
އާރްއޭސީއެލް އިން ނާސިފް އަށް މަރުހަބާ ކިޔާފައިވާއިރު އެކުންފުނިން ބުނީ ނާސިފްގެ އާދަޔާ ޚިލާފު ލީޑަރޝިޕް ހުނަރާއި ސްޓްރެޓެޖިކް ވިސްނުމާއިއެކު، އެކުންފުނި އުސްމިންތަކަކަށް ގެންދިއުމުގެ ޤާބިލުކަން ނާސިފްގެ ހުރިކަން ޔަޤީން ކަމަށެވެ.
ނާސިފަކީ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ގްރޭޓާ މާލެއިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.