ýޕީޕީއެމް/ޕީއެންސީ މަޖިލީސް ޕްރައިމަރީގައި ވޯޓްލާ ބައެއް ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގައިފިއެވެ.
ހަމަނުޖެހުން ހިންގާފައިވާ ސަރަހައްދުތަކަކީ ކަލާފާނު ސްކޫލާއި ރެހެންދި ސްކޫލާއި އަދި ހެންވޭރުގައި ބަހައްޓައިފައިވާ ވޯޓު ފޮށި ހުރި ސަރަހައްދުތަކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަ ނުޖެހުން ހިނގާފައިވަނީ ވޯޓު ލާ މީހުންގެ ލިސްޓުން ނަން އުނިކޮށްފައިވާ ކަމުގެ ތުހުމަތާއެކު އެވެ.
މިކަންތައްތަކާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ވޯޓް ލުން މިއަދި ހަވީރު 17:00 ޖަހަންދެން ކުރިއަށް ދާނެއެވެ.