ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދޭންނިންމަވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ސަރުވަޝް އިސްތިއުފާ ދޭން ސިޓީ ފޮނުވާފައިވެއެވެ. ނަމަވެސް، އެކަމާ ގުޅޭ ގޮތުން ރަސްމީކޮށް ފިނޭންސްމިނިސްޓްރީއިން ޖަވާބެއް ލިބިފައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެގްޒެކެޓިވްގެ އިތުރުން އޭނާ ވަނީ މީރާގެ ޗެއާމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.