ގދ. ގައްދޫގައި ބޭނުން ކުރުމަށް ފެނަކައިން ގެންގޮސްފައި ހުރި ޖަނަރޭޓަރު އެހެން ރަށަކަށް ގެންދަން ފެނަކައިން މަސައްކަތް ކުރުމުން ރައްޔިތުންއިހުތިޖާޖަށް ނުކުމެއްޖެއެވެ.
އެކްސްގައި އާންމު ވެފައިވާ ވީޑިއޯ އެއްގައި ފެންނަ ގޮތުން އެރަށުގެ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެ ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުންވެސް އެސަރަހައްދުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޖަނަރޭޓަރ ގެންދަން އުޅެނީ ފުވައްމުލަކަށެވެ.