މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް ހުރިމީހެެއްގެ ހަބަރެއް ނުވާ ކަމަށް މިރޭ 20:50 ހާއިރު ފުލުހުންނަށް ރިޕޯރޓް ކުރުމުން އެމީހާ މާލެ އައިސް ހުރި ގެޔަށްފުލުހުން ގޮސް ބެލި އިރު އެގޭ ތެރެއިން މަރުވެ ފުޅަ އަޅާފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ 67 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
މިކަމާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ލިބިފައި ނުވާއިރު ފުލުހުން ދަނީ މިސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.