ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުރަތަމަ ފަހަރަށް ވާދަކުރެއްވުމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުالله ނިންމަވައިފި އެވެ.
އިމްރާން މަނުކުދޫ ދާއިރާއަށް ވާދަ ކުރައްވަން ނިންމަވާފައިވާއިރު އަދާލަތު ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ އިމްރާން ހިމެނޭހެން ހަތަރު މީހަކަށްއަދާލަތު ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ޓިކެޓު ދޭން ނިންމި އިތުރު މީހުންނަކީ:
- ހުސެއިން ސަފީގް ހަސަން – ވައިކަރަދޫ ދާއިރާ
- އިސްމާއިލް ހަމީދު – ފުނަދޫ ދާއިރާ
- އިސްމާއީލް އަލީ – އިނގުރައިދޫ ދާއިރާ