-Advertisement-

-Advertisement-

‎ރުހުން ނުދޭ ވަޒީރުންގެ ދިފާއުގައި ސަރުކާރުގެ ވަޒީރުންނާއި އިސްވެރިން މުޒާހަރާ ކުރަނީ

ފޮޓޯ: ނިއުސް ލެބް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރުހުން ނުދޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްއިން ހާމަކުރުމާއި ގުޅިގެން ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން އަދި ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުން މަޖިލިސް ކައިރީގައިމުޒާހަރާ ކުރަން ފަށައިފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށްވާއިރު ވޯޓަށް އެހުން މިއަދު މެންދުރު 13:30 އަށްތާވަލުކޮށްފައިވީނަމަވެސް އެ ޖަލްސާ ވެސް ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ ހުއްޓުވާފައިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މުޒާހަރާގައި ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ އިތުރުންޑެޕިއުޓީ މިނިސްޓަރުން ވަނީ ބައިވެރިވެފައިއެވެ. އަދި ބައެއް އާންމުން ވެސް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މި ސަރުކާރުގެ އެންމެ ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުالله ވަނީ ރުހުންނުދިނުމަކީ ސަރުކާރު ހުއްޓުވުން ކަމަށް ސިފަކޮށްފައި އެވެ.

އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. އޭގެ ބަދަލުގައި އިކޮނޮމިކް މިނިސްޓްރު ސައީދަށް ރުހުން ނުދޭން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ ރުހުން ނުދެނީރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-