މި ސަރުކާރުން އަލަށް ތަރައްގީކުރަމުން އަންނަ ރަސްމާލޭގައި 15،000 ހައުސިން ޔުނިޓު އެޅުމަށް، ހިޔާ ފްލެޓުތައް އިމާރާތް ކުރި ޗައިނާގެ ކުންފުނިންހުށަހަޅައިފި އެވެ.
ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިން ރަސްމާލޭގައި15،000 ހައުސިން ޔުނިޓް އެޅުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. ނާޒިމް މިހެން ވިދާޅުވީ ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނިއުސްކޮންފަރެންސްގައިއެވެ.
އެކަމާ ގުޅޭގޮތުން އިކޮނޮމިކް ކައުންސިލުން ވަނީ، ހައުސިން މިނިސްޓްރީ އާއި އިންފްރަސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން ކޮސްޓާއި ކޮލިޓީއާ ގުޅޭގޮތުންއިތުރަށް މަޝްވަރާކުރުމަށް ނިންމައިފަ އެވެ.
ފުށިދިއްގަރު ފަޅު ހިއްކައި، ރަސްމާލޭގެ ނަމުގައި ތަރައްގީކުރުމަށްޓަކައި 1،153 ހެކްޓަރުގެ ބިން ހިއްކަން ހަމަޖައްސާފައި ވާއިރު މިހާތަނަށް 10 ހެކްޓަރުހިއްކައި އިތުރު 29 ހެކްޓަރު ހިއްކަން ބަންޑެލް ވޯލް ޖަހާފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲމުއްތަލިބު ވިދާޅުވި އެވެ.