ގުޅިފަޅުން ހިއްކަން ކަނޑައަޅާފައިވާ ބޮޑު ބައެއް ހިއްކާ ނިންމާލައިފި އެވެ.
މިކަން ހާމަކުރައްވާ ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާރ މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓުގައި
ވަނީ ގުޅިފަޅުން ހިއްކަން ހަމަޖައްސާފައިވާ 150 ހެކްޓަރުގެ ތެރެއިން 100 ހެކްޓުގެ ބިން އިއްޔެއާ ހަމައަށް ހިއްކާ ނިންމާފައިވާ ކަމަށެވެ.
ގުޅިފަޅު ހިއްކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވަނީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށް ނަމަވެސް ފަހުން އެ ތަނުން މާލޭ މީހުންނަށް ވަނީ ގޯތި ދީފަ އެވެ.
މިހާރުގެ ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ.