-Advertisement-

-Advertisement-

ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ އަނެއްކާ ވެސް ފަށައިފި

މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އާއި ގުޅިގެން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ދެންމެ ފަށައިފި އެވެ. މިޖަލްސާ ބާއްވާފައިވަނީ އިއްޔެގެ ޖަލްސާގައި ހަމަ ނުޖެހުން އުފެދުމުގެ ސަބަބުން ގޮތެއް ނިންމިފައި ނުވާތީއެވެ.

މިކަމަށްޓަކައި އިއްޔެ ހެނދުނު އަދި ރޭ ވެސް ޖަލްސާއެއް ބޭއްވި އެވެ. އެ ދެ ޖަލްސާ ވެސް ކުރިއަށް ނުގެންދެވިގެން ހުއްޓާލަން ޖެހުނީ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ދުންމާރި ފުމެ، އަޑުގަދަކޮށް ހެދުމުގެ ސަބަބުންނެވެ.

މި މައްސަލަ ގޯސްވީ ވަޒީރުންގެ މަޖިލީހުގެ ހަތަރު ވަޒީރަކަށް ރުހުން ނުދޭން، މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ އާއި ޑިމޮކްރެޓްސް ނިންމުމާ ގުޅިގެންނެވެ. ޕީޕީއެމް/ ޕީއެންސީގެ މެމްބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދަން ހުރަސް އަޅައިފަ އެވެ. އަދި އިއްޔެ ހެނދުނު ޖަލްސާ ހޫނުވެ، ހިންގި މާރާމާރީއެއްގައި އެއް މެމްބަރަކު ވަނީ ޒަހަމް ވެސް ވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-