މި ސަރުކާރުން އެމަނިކުފާނަށް ދިން އެއްވެސް ލުޔެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ނުކުންނަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށްޓަކައި ރޭ ބޭއްވި ޖަލްސާގައި އެވެ. މީގެ އިތުރު ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކީ އެމަނިކުފާނު ގެނައި ސަރުކާރެއް ނަމަވެސް ކުރީ ސަރުކާރުން ދިން ލުއިތައް ފިޔަވައި އިތުރު ލުޔެއް ދީފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މީހެއް ނެތް ކަން ވެސް އެބޭފުޅާވަނީ ފާހަގަ ކުރައްވާފައިއެވެ.