-Advertisement-

-Advertisement-

ސްޕޯޓްސް ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކުރަނީ

ސްޕޯޓްސް ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި ޓީމުތަކުން މުޒާހަރާއެއް ފަށައިފިއެވެ.

ގުލާބީމަގުގައި ކޮމިޝަނަރު ތޮލާލް ދިރިއުޅުއްވާ ގޭގެ ކައިރީގައި މުޒާހަރާކުރަމުންދާ ފަރާތްތަކުން ގޮވާލަމުންދަނީ ސްޕޯޓްސް ކޮމިޝަނަރު ތޮލާލް ޓީމްތަކަށް ފޯރުވަމުންދާ ނުފޫޒު ހުއްޓާލައި އިސްތިއުފާ ދިނުމަށެވެ.

އަދި ސްޕޯޓްސް ކޮމިޝަނަރުގެ މަޤާމުގައި ހުރެ އެކި ޓީމްތަކުން ފައިސާ ނަގައި ޓީމްތަކުގެ ބޯޑަށް އެޓީމުތަކަށް ނޭނގި ބަދަލުގެނެސްފައިވާކަމަށް ޓީމްތަކުން ދަނީ ގޮވަމުންނެވެ.

ނިއުސްލެބަށް މަޢުލޫމާތުދެމުން މުޒާހަރާގެ ބައިވެރިޔަކު ބުނީ ކޮމިޝަނަރު ތޮލާލް ދަނީ ސިޔާސީ ހަރަކާތްތަކުގައި ފާޅުގައި ހަރަކާތްތެރިވެ، އެފްއޭއެމް އާއި ޓީމްތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުންނެވެ. އަދި ވެލެންސިއާގެ ބޯޑުގެ ކަންކަމުގައި ތޮލާލް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާކަމަށްވެސް ފުރަތަމަ ޑިވިޝަނުގެ ޓީމަކަށް ނިސްބަތްވާ އޮފިޝަލު ވިދާޅުވިއެވެ.

މިގޮތުން ކްލަބުތަކަށް ނޭނގި ބޯޑު މެންބަރުން ބަދަލު ކުރުން ފަދަ ކަންކަން ކުރާކަމަށާއި ވެލެންސިއާގެ ބޯޑު “ވަގަށް ބަދަލުކޮށްފައިވާ” ކަމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.

މުޒާހަރާގައި ވެލެންސިއާ ބޯޑުގެ ބައެއް މެންބަރުން ބައިވެރިވިއިރު، އެ ކްލަބުގެ ޗެއާމަން އަބްދުﷲ އަޒްމީން ވަކި ކުރީ ރަނގަޅަށް ނޫން ކަމަށް ތޮލާލް ވަނީ ކަނޑައަޅައިފަ އެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-