-Advertisement-

-Advertisement-

އިންސާނީ އެހީ ދޭ ޔޫއެން ގެ ޖަމިއްޔާ އަކާއި”ޓެރަރިސްޓް“ ޖަމާއަތާކާއި ގުޅުންއޮންނަ ކަމަށް އިޒްރޭލުން ތުހުމަތުކޮއްފި

ދަ ޔުނައިޓެޑް ނޭޝަންސް އޭޖެންސީ ފޯ ޕަލެސްޓައިން މައި އޮފީސް – ފޮޓޯ: ޔޫއެން

‘ދަ ޔުނައިޓެޑް ނޭޝަންސް އޭޖެންސީ ފޯ ޕަލެސްޓައިން’ ނުވަތަ UNRWA އަކީ  1949 ގައި އުފައްދައި 1950 އިން ފެށިގެން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދެމުން އަންނަ ޔޫއެން ގެ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. ޔޫއެންއިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ އެ ޖަމިއްޔާގެ ނުވަ މުވައްޒަފެއް ވަޒީފާއިން ވަކި ކޮށްފައިވާކަމަށެވެ. މިގޮތަށް ނިންމަން ޖެހުނީ އޮކްޓޯބަރު 7 ގައި އިޒްރޭލަށް ދިން ހަމަލާގައި މި މުވައްޒަފުންގެ އެހީ ހަމާސްއަސް ލިބިފައިވާކަމަށް އިޒްރޭލުން ތުހުމަތުކުރުމުން އެޖަމިއްޔާއަށް އެންމެ ބޮޑު އެހީއެއް ފޯރުކޮށްދޭ އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމު ތަކުން އެހީ ކަނޑާލާނެކަމުގައި އެންގުމުންނެވެ.

މި ތުހުމަތުތަކަކީ 26 ޖެނުއަރީގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލުތަށް ކުއްވެރިކޮށް އެކަން ހުއްޓަން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުމަށް އިޒްރޭލައް އަމުރު ކުރުމާއި ގުޅިގެން ފަލަސްތީނަށްދޭ އެހީ ހުއްޓުވުގެ މަގުސަދުގައި ކުރަމުންދާ ތުހުމުތުތަކެވެ.

އިޒްރޭލުން ބުނެފައިވަނީ މި ޖަމިއްޔާގެ އެހީ ޣައްޒާއަށް ފޯރުކޮށްދިނުން ހުއްޓާނުލަނީސް މި ހަނގުރާމައިގައި އިޒްރޭލަށް ކުރިނުލިބޭނޭކަމަށެވެ. އެހެންކަމުން މި ޖަމިއްޔާގެ އެހީ އެއްކޮށް ކަނޑާލަން އިޒްރޭލުން ދަނީ ގޮވަމުންނެވެ.

ޔޫއެންއިން އިތުރަށްބުނެފައިވަނީ، މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދިޔަ އިތުރު އަނިޔާއެއްކަމަށާއި، މި ޖަމިއްޔާއަކީ ފަލަސްތީނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމާއި، ކާބޯތަކެތި އަދި ސިއްޙީ އެހީ ފޯރުކޮށްދެމުން އައި ޖަމިއްޔާއެއްކަމަށެވެ. އަދި އެ ޖަމިއްޔާގައި މަސައްކަތްކުރާ ދިހަ ހާހަށްވުރެ ގިނަ މުވައްޒަފުންނަކީ ، އެންމެ ނުރައްކާތެރި މާހައުލު ތަކުގައިވެސް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ބައެއްކަމަށާއި ބަޔަކު ކުރާ މިފަދަ ތުހުމަތެއްގެ ސަބަބުން އެހީ ކަނޑާލުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 26،000 ވުރެ ގިނަ މީހުން ޝަހީދު ކޮއްލާފައިވާއިރު އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނި ގެދޮރުގެއްލި މަގުމަތިވެފައެވެ.

26 ޖެނުއަރީގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލުނައްތާލުމުގެ އަމަލުތަށް ކުއްވެރިކޮށް އެކަން ހުއްޓަން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުމަށް އިޒްރޭލައް އަމުރުކޮއްފައިއެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކާއި އިޒްރޭލުން ވަނީ މި ހުކުމް ގަބޫލު ނުކުރާ ކަމަށް ބެނެފައިއެވެ. އަދި UNRWA ފަދަ ޖަމިއްޔާތަކަށް އެހީ ދިނުން ހުއްޓާލާނެ ކަމުގެ އިޝާރާތެއްވެސް ކޮއްފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-