-Advertisement-

-Advertisement-

މާލޭގެ މަގުތަކުން ދޫކުރި ޕާކިން ޖާގައާ ގުޅޭ މައްސަލަ ރިވިއުކުރަން ޝަކުވާއަށް ހުޅުވާލައިފި

ފޮޓޯ: ނިއުސްލެބް - މުހައްމަދު ސާބިން

ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މާލޭގެ މަގުމަތިން ދޫކުރި ޕާކިން ޖާގަތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން، ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ޕާކިން ސްލޮޓް ލިބުނު މެސެޖަށް ފަހު އިތުރު މުއާމަލާތެއް ނުކުރާ މީހުންނާއި ޕާކިން ސްލޮޓް ލިބުނުކަން އެންގުމަށް ފަހު އެއްބަސްވުން ނުހަދާ އަދި އެކަމާ ގުޅޭ އިތުރު ޝަކުވާތައް ހުރި ނަމަ، ޝަކުވާ ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން އެ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ސިޓީ ކައުންސިލްގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިން ސްލޮޓްތަކާ ގުޅޭގޮތުން ގިނަ ޝަކުވާތައް އެބަހުރިއެވެ. އަދި ޖާގަ ލިބުނު މީހުން ދައްކަންޖެހޭ ފީ ނުދެއްކުމާއި ބައެއް މީހުންނަށް ޖަވާބު ނުދީ އަދި އުސޫލުތަކާ ހިލާފަށް ވެސް ދީފައި އެބަހުރި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެހެންކަމުން، އެ ކައުންސިލުން ވަނީ ޕާކިން ސްލޮޓްތައް ދޫކުރި ގޮތް ރިވިއުކުރަން ނިންމައިފަ އެވެ.

ސިޓީ ކައުންސިލުން މިދިޔަ އޮގަސްޓް މަހު ބުނީ، ޑިޕްލޮމެޓިކް މިޝަންތަކާއި ވިޔަފާރިވެރިންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަދި އާންމުންނަށް މިދިޔަ މެއި މަހާ ހަމައަށް 776 ޕާކިން ސްލޮޓް ދޫކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޕްރައިވެޓް ވެހިކަލްތަކާއި ޓެކްސީތަކަށް ދޫކުރި 713 ސްލޮޓާއި ޑިޕްލޮމެޓިކް މިޝަންތަކާއި ވިޔަފާރިތަކާއި ސަރުކާރުގެ ވެރިންނަށް ދޫކުރި 63 ޖާގަ ކަމަށެވެ.

ޕާކިން އަށް ދޭ ޖާގައިގެ ކުލި އުޅެނީ 750ރ. އާއި 3،000ރ. އާ ދެމެދުގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-