-Advertisement-

-Advertisement-

ފުލުހުން ބަލަމުން ގެންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ފުލުހުން ބަލަމުން ގެންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހޯދަން އިއުލާން ކޮށްފައިވަނީ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ އަބްދުއްރަޝީދު މުހައްމަދު، ހދ. ކުޅުދުއްފުށި / ގުލްޒާރުގެ، (36އ)އެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން އެދިފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-