ޓިކްޓޮކްގައި މަޝްހޫރު ދިވެހި ތަރި، މަރިޔަމް ސަމާ ޝަރީފްގެ ޓިކްޓޮކް ލައިވްއެއްގައި ދެ ކިޑްނީ ފެއިލްވެފައިވާ ދިވެއްސަކަށް ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނަކަށް 110،000 އަށްވުރެ ގިނަ ރުފިޔާ ހޯދައި ދީފި އެވެ.
އެއްގަޑި އިރަށްދެމިގެން ދިޔަ ރޭގެ ޓިކްޓޮކް ލައިވް ޚާއްސަކުރީ ދެ ކިޑްނީ ފެއިލްވެފައިވާ އަންސާރާ އަހުމަދުގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހަމަޖެހިފައިވާތީ، އެ ދަތުރަށް ދާނެ ހަރަދުތަކަށް ބޭނުންވާ ފަންޑްރެއިޒްކުރުމަށެވެ.
މި ލައިވް އިވެންޓަކީ 2024 ވަނަ އަހަރުގެ ފުރަތަމަ އިވެންޓް ކަމުގައްޔާއި އަދި މިފަދަ ލައިވް އިވެންޓަކުން މިހާ ބޮޑުއަދަދެއް ހޯދުނު ފުރަތަމަ ފަހަރުކަމަށް ޓިކް ޓޮކް ލައިވްގައި ވާހަކަ ދައްކަމުން ސަމާވަނީ ބުނެފައެވެ. “ހިތުން ހިތަށް” ނަމުގައި ސަމާ ކުރިއަށް ގެންދިޔަ “ލައިވް ފަންޑްރައިޒާ” ގައި ހެޔޮއެދޭ ފަރާތްތަކުން ވަނީ ދިވެހި ފައިސާއާއި ޑޮލަރު އަންސާރާ އަށް ހަދިޔާކޮށްފައެވެ.
އައްޑޫ ސިޓީގެ ހިތަދޫއަށް ނިސްބަތްވާ އަންސާރާ އަހުމަދު (އަންސާރާ) އަށް ކިޑްނީ ޓްރާންސްޕްލާންޓް ޓްރީޓްމެންޓް ހެދުމަށް ޓިލްޓޮކް ލައިވްގައި ހޯދި ފައިސާ ވަނީ ލައިވްގައި އޭނާގެ އެކައުންޓްށް ޖަމާކޮށްދީފައެވެ.