-Advertisement-

-Advertisement-

ސިޔާސީ ބޭފުޅުން ދަނީ ޕީޖީ ޝަމީމަށް ދިން ހަމަލާ ކުށްވެރިކުރައްވަމުން

މިއަދު ހެނދުނު ޕީޖީ ޝަމީމްއަށް މަގުމަތިން މީހަކު ހަމަލާދީފިވާއިރު ބޭފުޅާއަށް މިހާރު އޭޑީކޭ ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައިއެވެ.

ސިޔާސީ ބޭފުޅުން ދަނީ ޕީޖީ ޝަމީމަށް ދިން ހަމަލާ ކުށްވެރިކުރައްވަމުންނެވެ. މީގެ ތެރޭގައި ރައީސް ސޯލިހު ، ދަ ޑިމޮކްރަޓްސް އަދި ގާސިމް ހިމެނެއެވެ.

މިކަން ކުއްވެރި ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވެފައިވަނީ “މިއަދު ހެނދުނު ޕްރޮސެކްޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން އަނިޔާވެރި ހަމަލާ އަޅުގަނޑު ކުށްވެރިކުރަމެވެ. ޕީޖީ ޝަމީމަށް އަވަސް ޝިފާއަކަށް އެދެމެވެ. ސިޔާސީ ގޮތުން ކުރާ އަނިޔާވެރި އަމަލުތައް ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ޖާގައެއް ނެތް ކަމަށާއި، އެކަންކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި އަވަސްވެގަތުމަށް ސަރުކާރަށް ގޮވާލަން.”

މިކަމާއި ގުޅޭ ގޮތުން ދަ ޑިމޮކްރަޓްސްއިން ނޫސް ބަޔާނެއް ނެރިފައިވާއިރު އޭގައި ވަނީ އެހަމަލާ ޑިމޮކްރަޓްސްއިން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށާއި މިއީ ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ދެކޭކަމަށާއި އަދި މިއީ މުޅިނިޒާމަށް ދެވޭ ހަމަލާއެއް ކަމަށާއި މިއީ ނުރައްކާތެރި ސިގްނަލެއް ކަމަށެވެ. އަދި މިމަސައްލަ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބަލާ ދިނުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައިވެއެވެ.

މީގެ އިތުރުން ގާސިމް ވެސް މިކަން ކުއްވެރި ކުރައްވައި އެކްސްގައި ވަނީ ޕޯސްޓެއް ޝެއާ ކުރައްވާފައިއެވެ. މިޕޯސްޓްގައި ވަނީ ” ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަށް މަގުމަތީން ހަމަލާދިން ޚަބަރު އަޅުގަނޑު އެހީ ނުހަނު ކަންބޮޑުވުމާ އަދި ހިތާމަ އާއި އެކުގައެވެ. މިޖަރީމާ ނުހަނު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދިމި މައްސަލަ ވީހާވެސް އަވަހަކަށް ތަޙްޤީޤްކޮށް ޒިންމާވާފަރާތް ( ފަރާތްތަކަށް ) ޤާނޫނުގެ ކުރިމައްޗަށް ގެނެސް، ޤާނޫނުގައި ވާ އަދަބު ދިނުމަކީ މިފަދަ ޖަރީމާ ތައް ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަަޅަކަށް ވާނެއެވެ. ޕީޖީ ހުސައިން ޝަހީމް އަށް އަވަސް ޝިފާ އަކަށް އެދެމެވެ.”

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-