ބޯކޮށް ވާރޭ ވެހެނޭ ކަމަށް ލަފާކޮށް މެދު ރާއްޖެ ތެރެއަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މިއަދު މެންދުރުފަހު 12:30 އިން ހަވީރު 17:30 އަށެވެ.
މެޓު އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވެއެވެ.
މިއަދު ހަވީރު 18:00 އަށް މެޓުން ލަފާ ކޮށްފައިވާ މޫސުމަށް ބަލާއިރު، އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރައި ގުގުރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އިރު އުތުރާއި އިރުން ގަޑިއަކު 05 މޭލައި 15 މޭލައި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭއިރު، ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.