-Advertisement-

-Advertisement-

ދިވެހި ދޯންޏަކަށް އިންޑިއާ ސިފައިން އެރުމުން ދިވެހި ސިފައިން ހަރަކާތްތެރިވަނީ

ނަސްރުންގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑިއެފް އިން ބޭއްވި ހިނގާލުމުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

އިންޑިއާގެ ސިފައިން ދިވެހިރާއްޖޭގެ މަސް ދޯންޏަކަށް އެރި ކަމަށް ބެލެވޭތީ އެމްއެންޑީއެފްގެ އުޅަނދެއް އެ ސަރަހައްދަށް ދަތުރު ކުރަން ފަށައިފި އެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިކަން ހިނގިކަން ދިވެހިސިފައިން ވަނީ ކަށަވަރުކޮށްދީފައެވެ.

ދިވެހި އީއީޒެޑްގެ ތެރެއިން ބޭރުގެ ސިފައިންގެ ބަޔަކު ދިވެހި މަސް ދޯންޏެއް ކަމަށްވާ އަސުރުމާ 3 ދޯންޏަށް އަރައި ސުވާލުކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ މަޢުލޫމާތު ދީފައެވެ.

އިންޑިއާގެ ދެ މަނަވަރެއް 2:30 ހާއިރުން ފެށިގެން އެ އޮޑި ވަށާލައިގެން ހަރަކާތްތެރިވަމުންދާ ކަމަށާއި އިންޑިއާގެ މަނަވަރުން ފޭބި ސިފައިން އަސުރުމާ 3 އަށް އެރުމަށްފަހު ތަކުރާރުކޮށް ސެޓެލައިޓް ފޯނެއް ބޭނުންކުރަމުންދޭތޯ އަހަމުންދާ ކަމަށް އެދޯނިން ވަނީ މަޢުލޫމާތު ދީފައެވެ.

އަސުރުމާ-3ގައި މިވަގުތު 18 ފަޅުވެރިން ތިބިއިރު އެ ދޯނިން މަސްވެރިކަމަށް ނިކުމެ އުޅޭތާ ދެ ހަފްތާއަށްވުރެ ގިނަދުވަސްވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-