-Advertisement-

-Advertisement-

‎ހުޅުމާލޭ ފޭސް 1 ގެ ފުލެޓްތަކުގެ ކުލިން ޑިސްކައުންޓް ދޭން ނިންމައިފި

ހުޅުމާލޭ ފުރަތަމަ ފިޔަވާހީގެ ސޯޝަލް ހައުސިންގ ޔުނިޓް ތަކުގެ ކުލީގެ އަދަދުން ކޮންމެ މަހަކުވެސް %20 ޑިސްކައުންޓެއް ދިނުމަށް ހައުސިންގޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ

އެޗްޑީސީން މައުލޫމާތު ދެއްވި ގޮތުގައި މި ޑިސްކައުންޓް ދޭން ފަށާނީ  01 ފެބްރުއަރީ 2024 އިން ފެށިގެން، އިންސްޓޯލްމަންޓްގެ ގޮތުގައި(މެއިންޓަނަންސް ނުވަތަ މެނޭޖްމެންޓް ފީ ނުހިމަނައި) ދައްކަންޖެހޭ ކަމަށް ކަނޑައެޅިފައިވާ އަދަދުން، %20 އުނިވާގޮތަށެވެ.

އެ ކޯޕަރޭޝަންއަކީ އަބަދުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރާކުންފުންޏެއް ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ

އަދި އިންސްޓޯލްމަންޓް ފީ އިން ދެވޭ ޑިސްކައުންޓާއި ގުޅޭގޮތުން ގުޅޭގޮތުން އިތުރު މައުލޫމާތެއް ބޭނުންވާ ނަމަ އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށްގުޅައިގެން ނުވަތަ receivables@hdc.mv އަށް އީމެއިލް ކޮށްގެން ލިބޭނެ ކަމަށެވެ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-