ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ
ޕީޖީ ޝަމީމަށް ހަމަލާދިން މަސައްލައާއި ގުޅިގެން މަޢުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ޝަމީމަށް ޙަމަލާދިނީ މޫނު ފޮރުވައިގެން ތިބި ބަޔަކު އެކަން ކުރުމަށް ދުރާލާ ވަރަށް ބޮޑަށް ރާވައިގެން ނަމަވެސް އެއީ ކޮންބައެއްކަން ދެނެގަނެވިފައިވާކަމަށް ކަމަށެވެ.
މީގެ އުތުރުން ސީޕީ ވިދާޅުވީ މައްސަލައިގެ ތަހުގީގް ކުރިއަށްދާތީ އިތުރު މަޢުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށާއި މިވަގުތު ދެ މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އިތުރު ބަޔަކު މިކަމުގައި ޝާމިލު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި މިފަދަ މައްސަލަތައް ފުލުހުން އަބަދުވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި, ޚާއްސަކޮށް ޕީޖީ ޝަމީމަށް ދިން ހަމަލާއަކީ ސީދާ ސަރުކާރަށް ދިން ހަމަލާއެއް ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ޚިދުމަތުން ތަހްގީގު ކުރަމުން އަންނައިރު ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުވަނީ ޝަމީމްގެ ހާލު ބެއްލެވުމަށް އޭޑީކޭއަށްވެސް ވަޑައިގެންފައެވެ.