-Advertisement-

-Advertisement-

‎އެމްޑީޕީގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެ

އެމްޑީޕީ ޕްރައިމަރީގެ ވޯޓް ލުން ފެށިގެން ކުރިއަށްދަނީ. ފޮޓޯ: ނިއުސްލެބް

އެމްޑީޕީ ރައްޔިތުންގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ފެށިއްޖެއެވެ.

އެމްޑީޕީންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީގެ މަޖިލީސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 17:00 އަށެވެ.އަދި މާލޭގައި ބެހެއްޓޭ ހުރިހާ ފޮއްޓެއް ވެސް ހުންނާނީ ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލުގައި ކަމަށް އެ ޕާޓީން ބުނެއެވެ.

އަދި ހުޅުމާލޭގެ ތިން ދާއިރާއެއްގެ ވޯޓުފޮށި ބަހައްޓާފައި ހުރި އިރު ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮށި ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުންނަ ކާމިލް ދީދީސްކޫލުގައެވެ. ބާކީ ހުރި ދެ ފޮށި ހުންނާނީ ހުޅުމާލޭގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި  95 ރަށެއްގައި އިތުރުން މާލޭގައި 27 ވޯޓް ފޮށި ބަހައްޓާނެއެވެ. އަދި އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކެންޑިޑޭޓުންގެ ގޮތުގައި149 ކެންޑިޑޭޓުން ވާދަކުރާނެއެވެ.

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ވޯޓްދިނުމުގެ ހައްޤު 25،325 މީހުންނަށް ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-