ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް މާދަމާ ފަށައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން މާދަމާ ހެނދުނު 09:00 ގައި އިއްވަވާނެއެވެ.
މިއީ ރައީސް މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށް ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެއެވެ.
މަޖިލީސް މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، މަޖިލިހުގެ މެޖޯރިޓީ ޕާޓީއަކީ އަދިވެސް އެމްޑީޕީއެވެ. އަދި މައިނޯރިޓީ ޕާޓީއަކީ ޕީއެންސީއެވެ.