-Advertisement-

-Advertisement-

ގުނޫތު ކިޔުން ހުއްޓާލަން އަންގައިފި

އިސްލާމިކް މިނިސްޓާރ ޑރ.ޝަހީމް

ޤުނޫތަކީ ފަރުޟު 5 ނަމާދުގެ ފަހު ރަކުއަތުގައި ރުކޫއިން ތެދުވެ ކިޔާ ދުޢާއެކެވެ. ރަސޫލާގެ ސުންނަތުން ޤުނޫތުއްނާޒިލާ މުސީބާތްތަކުގައި ވިދާޅުވެފައިވާކަން ފެންނަން އޮވެއެވެ.

އެހެންކަމުން، ކޮންމެ ނަމާދެއްގެ ފަހުގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވަނީ އިސްރާއީލްގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދިނުމުގެ ގޮތުން ދުއާ ކުރުމަށެވެ

ނަމަވެސް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރިފައިވާ ސާރކިއުލާއެއްގައި ވަނީ، މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގާފައިވާ ކަމަށެވެ.

އެ ނިންމުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ތަފާތު ސުވާލުތައް ކުރަމުންދާއިރު، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަތުމުގެ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުސީބާތުގެ ވަގުތުގައި ޤުނޫތުއްނާޒިލާ ވިދާޅުވެފައިވަނީ 1 މަސްދުވަހުގެ މުހުލަތަކަށްކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-