-Advertisement-

-Advertisement-

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަނީ

ފުލުހުން ބަލަމުންންދާ މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހޯދަމުންދަނީ ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކާރާއި ހީލަތުން ފައިސާ ހޯދިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ބަނގުލަދޭޝް ރައްޔިތެއް ކަމަށްވާ އަލީ އަކްބަރު 26އ. އެވެ.

އޭނާ ހޯދަމުންދަނީ ފުލުހުން ތަހްގީގުކުރާ މައްސަލައެއްގައި ސުވާލުކުރުމަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ އޭނާ ގއ. ދާންދޫ ޕޮލިސް ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް، 2024 ފެބްރުއަރީ 12 ވަނަ ދުވަހުގެ 14:00އަށް ހާޒިރުވުމަށް އަންގާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-