-Advertisement-

-Advertisement-

ފުރަތަމަ 14 ހަފްތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް މަގުޗާޓެއް ވަނީ އެކުލަވާލާފައިވާ: ރައީސް

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

މި ސަރުކާރުން ފުރަތަމަ 14 ހަފްތާގައި ފުއްދާނެ ކަންކަމުގެ ތެރެއިން 50 ވައުދު ފުއްދިފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު އިއްވި ރިޔާސީ ބަޔާނުގައި އެވެ. .

ދިވެހިރާއްޖެއަށް ދިމާވެފައިވާ ގިނަ މައްސަލަތަކާ، ރައްޔިތުންގެ އިޙްސާސްތަކާ އުއްމީދުތަކާ ގުޅިފައިވާ ކަންކަން ޙާސިލްކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ފުރަތަމަ 14 ހަފްތާގައި ފުއްދާނޭ ކަންކަން ފާހަގަކޮށް މަގުޗާޓެއް އެކުލަވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަގުޗާޓުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ފުއްދާނެ ވަޢުދުތަކާއި 4 ހަފްތާ، 9 ހަފްތާ އަދި 14 ހަފްތާ ހަމަވުމުގެ ކުރިން ފުއްދޭނެ ވައުދުތައް ކަނޑައަޅާފައިވާ ކަމަށާއި މިގޮތުން، ހަފްތާ 14 މަގުޗާޓުގައި ޖުމްލަ 161 ވަޢުދު ހިމެނިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދާ ހަމައަށް 11 ހަފްތާ ނިމިފައިވާއިރު، ފުރަތަމަ ދުވަހު ފުއްދަން ކަނޑައެޅި 7 ވައުދާއި، 4 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 17 ވައުދާއި 9 ހަފްތާ ހަމަވުމުގެ ކުރިން ފުއްދަން ކަނޑައެޅި އިތުރު 26 ވައުދާއިއެކު ޖުމްލަ 50 ވައުދު މިހާރު 100 އިންސައްތަ ފުއްދިފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން މިހާރު ގެންދަނީ ބާކީހުރި ހުރިހާ ވައުދެއް ފުއްދާނޭ ގޮތުގެ 5 އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަންނީ މާހިރުންގެ ޓީމަކާ އެކު މަސައްކަތް ކުރަމުން ކަމަށެވެ.

ހަތްފާ 14 ގެ ވައުދުތަކުގެ ތެރެއިން މިހާރު ވަނީ އަތޮޅުތަކާ ސިޓީތަކުގައި ސަރުކާރުން ބިނާކޮށްދީފައިހުރި ހައުސިންގ ޔުނިޓްތަކުގެ ކުލި ކުޑަކޮށްދީފައެވެ. ހިޔާ ފުލެޓުތަކުގެ 7000 ހައުސިންގ ޔުނިޓުގެ ފިނިޝިންގ ޚަރަދު ފުލެޓުގެ އަގުން އުނިކޮށްދީފައިވާއިރު، ހިޔާ ފުލެޓްތަކުގެ 7000 ހައުސިންގ ޔުނިޓްގެ ފިނިޝިންގ ޚަރަދުގެ ގޮތުގައި 200،000ރ ކަމަށްބަލާ، ޖެނުއަރީ 2024 އިން ފެށިގެން 7 އަހަރު ދުވަހަށް ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު 5500ރ އިން 3984.21ރ އަށް ވަނީ ކުޑަކޮށްދީފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-