-Advertisement-

-Advertisement-

އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑުކުރަނީ

އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑުކުރާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ “ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސީރީޒްގެ ދަށުން މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދާނެ ކަމަށާއި އެކަމަކު އިގުތިސޯދު ރަނގަޅުކުރުމަށް ކަންކަން ހުރުމުން މި އަހަރުގެ ބަޖެޓުގެ ތެރެއިން އެކަން ކުރުމަކީ ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އަންނަ އަހަރު އެ މަސައްކަތްތައް ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޔަތީމު ކުދިން އަދި މުޖުތަމައުގައި ހަވާސާ ވެފައިވާ ކުދިންނަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދީ، އަޅާލުން ދޭނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ވަނީ މިހާރު ދޭ ޖުމްލަ އަދަދު 12،000ރ. އާ ހަމައަށް އިތުރުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-