-Advertisement-

-Advertisement-

ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ގާބިލްކަން އިތުރު ކުރަނީ

ރާއްޖޭގެ 900،000 އަކަ ކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ޤާއިމް ކުރެވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގައިއެވެ.

ރައީސް މިހެން ވިދާޅުވީ މިދިޔަ ހަފްތާގައި އިންޑިއާ ސިފައިން ރާއްޖޭގެ އީއީޒެޑް ސަރަހައްދަށް ހުއްދަ ނުހޯދައި ވަނުމަށްފަހު ހަތިޔާރާއެކީ ރާއްޖޭގެ މަސްދޯނިތަކަށް އެރުމާއި ގުޅިގެންނެވެ. ރާއްޖޭގެ އީއީޒެޑް ސަރަހައްދަށް ވަނުމަށްޓަކައި ހުއްދަ ހޯދަން ޖެހޭ ނަމަވެސް، ހުއްދައަކާއިނުލައި އިންޑިއާ ސިފައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ރާއްޖޭގެ ސަލާމަތީ ބާރުތަކުން ދަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

ރައީސް ވިދާޅުވީ ގޮތުގައި އެއްގަމާ، ކަނޑާ، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރެވޭނެ ޒަމާނީ ޢަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރަން ޖެހޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-